 ރާފިޟާ ޝިޔަޢީން ޢުމަރު ބިން ޢަބްދުލް އަޒީޒް ދެކެ ރުޅި އަންނަނީ ކީއްވެތޯ؟ - أُسْتَاذ أبو أنس محمد حسن حفظه الله

ޝާއިޢުކުރީ: މައްކްތަބާ ސަލަފިއްޔާ. ކެޓަގަރީ ސަލަފީ އަޑު

އުމުރުން ދުވަސްވީ ބޭބެއެއް ކުރި ސުވާލެއް އަދި އެ ސުވާލުގެ ޖަވާބު

"ޝިޔަޢީން ރުޅި އަންނަނީ، ޢުމަރު ބިން ޢަބްދުލް އަޒީޒް އަކީ ޞަހާބީން ދިފާޢު ކުރި މީހެއް، ޝިޔަޢީން ޞަހާބީން ދިފާޢުކުރި ކޮންމެ މީހަކުދެކެ ރުޅި އަންނާނެއެވެ. ސުންނީ އިމާމުންގެ ފަހަތުގަ ނަމާދުކުރުމުން ނަމާދު ބާޠިލްވާނެކަމަކަށް ޚުމައިނީ ފަތުވާ ދީފަ އެބަ ހުއްޓެވެ. އެކަމަކު، ސުންނީ އިމާމުން ފަހަތުގައި ނަމާދު ކުރަނީ ކީއްވެ؟ އެމީހުން (ގެ ޝިޔައީ ދީނުގައި) ތުޤިޔާ ކިޔާ އެއްޗެއް ގެން ގުޅެއެވެ. ތުޤުޔާ މާނައަކީ ބޭރުފުށުން މަޞްލަޙަތައްޓަކައި ކޮންމެވެސް އެއްޗެއް ދެއްކުމެވެ. އެހެންވުމުން އެމީހުން މަސްޖިދުއް ނަބަވީއަށް އަރާ ނަމާދުވެސް ކުރާނެއެވެ. ކޮށްފަ، އަނެއްކާ އެމީހުން ގޭގަ ނަމާދު ކުރާނެއެވެ. އެމީހުން ކުރަނީ އެ ނަމާދެވެ." أُسْتَاذ أبو أنس محمد حسن حفظه الله