ސަލާމް ގޮވުމުގެ އަދަބުތައް آداب السلام

ސަލާމް ގޮވުން - الشيخ عبد الرزاق البدر حفظه الله އާއި الشيخ الألباني رحمه الله ދެމެދު ހިނގައި ދިޔަ ޙާދިޘާ އެއް

ކެޓަގަރީ ސަލާމް ގޮވުމުގެ އަދަބުތައް آداب السلام

أبو هريرة رضي الله عنه ވިދާޅުވެފައިވެ އެވެ. (من لقيَ أخاه فلْيُسَلِّمْ عليه ؛ فإن حالتْ بينهما شجرةٌ أو حائطٌ، ثم لقيه فلْيُسلِّمْ عليه) "އެމީހެއްގެ އަޚް އާ ބައްދަލުވާ ހިނދުގައި ސަލާމް ގޮވާށެވެ. ފަހެ، ތިބާއާއި އޭނާއާ ދެމެދަށް ގަހެއް ނުވަތަ ފަރުދާއެއް (ފާރެއް ފަދަ އެއްޗެއް) ދިމާވުމަށްފަހު، އެއަށްފަހު ބައްދަލުވުމުން އޭނާއަށް ސަލާމް ގޮވާށެވެ." صحيح الجامع 789


الشيخ عبد الرزاق البدر حفظه الله  ވިދާޅުވެފައިވެ އެވެ. "މިއީ ވަރަށްގިނަ މީހުން އެ ސުންނަތުގެ މައްޗަށް ޣާފިލުވެގެންވާ ސުންނަތެކެވެ. އެއްގޮތަކީ އެބައިމީހުންނަށް މި ސުންނަތް އޮޅުންފިލާފައެއްނުވެ އެވެ. ނުވަތަ އެބައިމީހުން މި ސުންނަތަށް ޢަމަލުކޮށް އެގޮތަށް ޤާއިމްވުމަށް އަޅާލުން ކުޑައީއެވެ.


އަހަރެން ޢުމުރުން ވަރަށްކުޑަ އިރުގައި އަދި އަހަރެން الشيخ العلامة الألباني رحمه الله އަރިއަހުގައި މި މަދީނާގައި ވީމެވެ. އަހަރެން އެކަނި ޝެއިޚް ގެ އަރިއަހުގައި ހުރެ މަދީނާގައި އެއްދުވަހެއްގައި ދިޔައީމެވެ. ފަހެ، އެގޮތަށް ދަނިކޮށް އަހަރެންނާއި ޝެއިޚް އާ ދެމެދުގައި ތަނބެއް ލެވި ވަކިވިއެވެ. އެއަށްފަހު ޝެއިޚް އާ އަހަރެން ބައްދަލުވުމުން، އަހަރެންނާ ދިމާލަށް ހިނިތުންވެވަޑައިގެން ބައްލަވާލެއްވުމަށްފަހު ވިދާޅުވިއެވެ.
السلام عليكم


އަހަރެން ދެންނެވީމެވެ. وعليكم السلام  އެވެ.
ޝެއިޚް ވިދާޅުވި އެވެ. "އަހަރެން ތިބާއަށް ސަލާމްގޮވީ ކީއްވެގެންކަން އިނގޭ ހެއްޔެވެ؟
(ފަހެ އަހަރެން މި ޙަދީޘް އެއިރު ނުދަންނަމެވެ. އަދި މި ޙަދީޘް އޭގެ ކުރިއަކުން އެނގިފައެއްވެސް ނުވެ އެވެ.) ޝެއިޚް އަރިއަހުގައި ދެންނެވީމެވެ. السلام އެއީ ރަނގަޅު އެއްޗެކެވެ.


އަދި އެހިނދުގައި އަހަރެންނަށް މި ޙަދީޘް ވިދާޅުވެދެއްވާ ހަނދާން ކޮށްދެއްވިއެވެ. ފަހެ، އަހަރެންނަށް އެންމެ ފުރަތަމަ ފަހަރަށް މި ޙަދީޘް ބަޔާންވެގެންދިޔައީ الشيخ رحمه الله  ގެ ފަރާތްޕުޅުންނެވެ.   
****

ފަތުވާ ނަގާފައިވަނީ : شرح الأدب المفرد   الشريط 133