މައިންބަފައިންނަށް އިޙްސާންތެރިވުން بر الوالدين

މައިންބަފައިން މުސްކުޅިން ބަލާތަނަށް ދޫކޮށްލާ މީހާއަކީ އިންސާނެއް ހެއްޔެވެ؟ - الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله

ކެޓަގަރީ މައިންބަފައިންނަށް އިޙްސާންތެރިވުން بر الوالدين

ޖަވާބު: ތިބާ ދެކެނީ ކިހިނަކުން ހެއްޔެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. ބައެއް މުސްލިމް މުޖުތަމަޢުގައި މި ޒަމާނުގައި ފާޅުވެފައިވާ ކަންތައްތަކުގެ ތެރޭގައި ދަރިފުޅު އޭނާގެ މައިންބަފައިން އުމުރުން ދުވަސްވުމުން، މުސްކުޅިން ބަލަހައްޓާތަނަކަށް –އެމީހުން ނަން ދީފައިވާގޮތަށް ކިޔާނަމަ "މުސްކުޅިން ބަލަހައްޓާ ތަނަކަށް"- މައިންބަފައިން ދޫކޮށްލަ އެވެ. މައިންބަފައިންގެ ކިބައިން ދަރިފުޅު ސަލާމަތްވެ، އެ މައިންބަފައިން ނުވަތަ އެތަނުން އެކަކު ދޫކޮށްލަ އެވެ. ހީވާކަހަލަ އެވެ. އޭނާއަކީ އެ މައިންބަފައިންގެ ދަރިއެއް ނޫނެވެ. ހީވާކަހަލަ އެވެ. އެ މައިންބަފައިންނަކީ ތަނުގައި އުޅޭ މީހުންގެ މައިންބަފައިންނެވެ.

سبحانَ الله !އެވެ. (މިފަދައިން ޢަމަލު ކުރާމީހާއަކީ) މިއީ އިންސާނެއް ހެއްޔެވެ؟ ނުވަތަ ޙައިވާނެއް ހެއްޔެވެ؟


لا حول و لا قوة الا بالله! އެވެ. މިއީ މައިންބަފައިންނަށް ނުކިޔަމަންތެރި ވުމުގެ އެންމެ ބޮޑު މިންވަރެވެ.   الله سبحانه وتَعَالَــى އަށް އެމީހެއްގެ ހިތުގައި ބިރުވެތިކަމެއް އޮތް މީހަކު މިފަދަކަމެއް ނުކުރާނެ އެވެ.


ތިބާގެ ދަރިފުޅު ތިބާއާ ދޭތެރޭގައި މިފަދައިން ޢަމަލުކުރުމުން ތިބާއަށް އިޙްސާސު ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ތިބާ މުސްކުޅިވެ ބަލިވުމުން އެ ދަރިފުޅު ތިބާގެ ގެންގޮސް އެ މުސްކުޅިން ބަލަހައްޓާ ތަނަށް އެއްލާލަ އެވެ. ތިބާއަށް ކުރެވޭނެ އިޙްސާސަކީ އަދި ތިބާގެ ނަފްސުގައި، ތިބާގެ ދަރިފުޅުގެ މައްޗަށް ކޮންފަދަ ރުޅިވެރިކަމެއް އޮންނާނެ ހެއްޔެވެ؟ އަދި އޭނާ އެހިނދުގައި އުފުލަންޖެހޭ ފާފަ ކޮންފަދަ ހެއްޔެވެ؟


ތިބާ އަދާކުރަންޖެހޭ ޙައްޤު ދޫކޮށްލުމަށްފަހު، ތިބާގެ ޙައްޤު ހޯދުމަށް ތިބާ އެދޭނީ ކިހިނަކުން ހެއްޔެވެ؟  
ފަހެ ކޮންމެ މުސްލިމަކު ﷲ އަށް ބިރުވެތިވުން ހުއްޓެވެ.
 
****

ފަތުވާ ނަގާފައިވަނީ : https://goo.gl/hWHJlh